ޑެޕިއުޓީ ޗެއާޕަރސަންގެ މަޤާމުން އިސްތިޢުފާ ދިނީ ޝާހިދު ކެމްޕޭނުގައި ބައިވެރިވުމަށް: އަޙްމަދު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕަރސަންގެ މަޤާމުން އިސްތިއުފާ ދެއްވީ، އެމްޑިޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ޢަބްދުﷲ ޝާހިދުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމުގައި، އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވި އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޤާމުން އިސްތިއުފާ ދެއްވުމަށް އޭނާ ފޮނުއްވި ސިޓީ ވަނީ، އާއްމު ކުރައްވާފައެވެ. އެސިޓީގައި ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ޢަބްދުއްﷲ ޝާހިދު ރަސްމީކޮށް އިޢުލާނު ކުރެއްވުމާއި އެކު އެމަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމަށްޓަކައި މަޤާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
އަދި އިސްތިއުފާ ދެއްވުމަށް ނިންމެވީ، އޭނާ ވަކިކެންޑިޑޭޓަކަށް ތާއީދު ކުރައްވައިގެން ޕާޓީގެ އެ މަޤާމުގައި ހުރިމަކީ އެންމެ ރަނގަޅުކޮށް ކަމުގައި ނުވާތީ ކަމުގައިވެސް އަޙްމަދު ޢަބުދުﷲ ފާހަގަކުރައްވާފައި ވެއެވެ. އަޙްމަދު ޢަބްދުﷲގެ މިނިންމެވުމަށް، ޢަބްދުﷲ ޝާހިދު ވަނީ، މަރުޙަބާ އާއި ޝުކުރު ދަންނަވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިޢުލާނު ކުރައްވައި، ޝާހިދު މިހާރު ގެންދަވަނީ ކެމްޕޭންވެސް ކުރައްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް އަދި އެޕާޓީން ކަނޑައެއް ނާޅައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް