Post banner
ރާއްޖެ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސާ ވަކިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސާ ވަކިކޮށްފި

ޅ.ހިންނަވަރު، ހިޔާވަހި އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދެ -- ފޮޓޯ: ރައީސް އޮފީސް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސާގެ މަގާމުގައި ހުންނެވި ފާތުމަތު މަހީރާ މުހައްމަދު މަޤާމުން ވަކިކޮށްފިއެވެ.

އޭނާ މަޤާމުން ވަކިކުރި ސަބަބެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ އެ މަޤާމުން ވަކިކޮށްފައި ވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް އަމްޖަދު މުސްތަފާ ޢައްޔަނުކުރެއްވުމާއި އެކުގައިކަން އެނގިފައި ވެއެވެ.

މަހީރާއަކީ، ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުގައި އެންމެ ގިނަ މައްސަލަތައް ބައްލަވައި ނިންމަވާފައިވާ މެމްބަރެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ މަޤާމަށާއި، ނައިބު ރައީސާގެ މަޤާމަށް، މަހީރާ އައްޔަނުކުރައްވާފައި ވަނީ، 15 އެޕްރީލް 2024 ގައެވެ. މަހީރާއަކީ، ޅ. ހިންނަވަރު ބޭކަނބަލެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް