ދިހަ ބުރިއަށް ހަދާފައިވާ އަރަބިއްޔާ ފްލެޓް ޢިމާރާތުގެ ހުރިހާ ލިފްޓެއް ހަލާކުވެފައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޢަރަބިއްޔާ ފްލެޓްގެ ލިފްޓްތައް --- ފޮޓޯ: ކިޔުންތެރިއެއް
މާލޭގައި ގިނަ ބަޔަކު ދިރިއުޅެމުން އަންނަ، ޢަރަބިއްޔާ ފްލެޓްތަކުގައި ހުރި ދެ ލިފްޓްވެސް ހަލާކުވެ މަތީ ފްލޯތަކުގައި ދިރިއުޅޭ މީހުންނަށް ބޮޑުތަކުލީފަކާއި ކުރިމަތިވެއްޖެއެވެ.
މާލޭ ސްކޮޔާ، ނުވަތަ ޢަރަބިއްޔާ ފްލެޓްއިމާރާތަކީ، 10 ބުރީގެ އިމާރާތެކެވެ. މި އިމާރާތުގައި، 90 އެޕާޓްމަންޓް ހުންނަ އިރު، އެތަނުގައި ހުންނަނީ 2 ލިފްޓެވެ. އެ އިމާރާތުަގައި ދިރިއުޅޭ އާއްމުން ބުނީ މިއަދު ހެނދުނުން ފެށިގެން 2 ލިފްޓްވެސް ހުރީ މައްސަލަ ޖެހިފައި ކަމަށެވެ. ހުކުރު ދުވަހަށް ވުމުން އެކަމުގެ ތަކުލީފް ފުލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑުކަން އެމީހުންވެސް ފާހަގަކުރިއެވެ.
ޢަރަބިއްޔާ ފްލެޓް އިމާރާތުގައި އެންމެ 2 ލިފްޓް ހުރުމާއި، އަދި އަބަދުވެސް ލިފްޓްތަކަށް މައްސަލަތައް ދިމާވުމާއި، ލިފްޓަށް ދިމާވާ މައްސަލަ ޙައްލުނުވެ ދިގުލައިގެން ދިޔުމަކީ، އެފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް