Post banner
ރާއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މާދަމާ ބާއްވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މާދަމާ ބާއްވަނީ

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުން ކުރިިޔަށްދަނީ --- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އޮންނާނީ، 20 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ކަމަށެވެ. އަދި، ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލް ހޯލުގައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ގުރުއަތު ނެގުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައި މި މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އެގޮތުން، ގުރުއަތުލުން ކުރިއަށްދާއިރު، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެކަމަށާއި އަދި ވަޑައިގަންނަވާއިރު އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން ޖެހޭނެ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މި ގުރުއަތުލުން ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އިން ވަގުތުން ދުރަށް ދައްކާނެކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. އެމިނިސްޓްރީން ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެއެވެ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް