ރާއްޖެ

މާއެނބޫދޫ ބަނދަރަށް ބޮޑު ކަންނެލި އައިނެއް ވަދެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާއެނބޫދޫ ބަނދަރަށް ބޮޑު ކަންނެލި އައިނެއް ވަދެއްޖެ

މާއެނބޫދޫ ބަނދަރު -- ފޮޓޯ: މުޙައްމަދު އާސިފް (މާއެނބޫދޫލައިވް)

ދ. މާއެނބޫދޫ ފަޅަށް މިއަދު ބޮޑުކަންނެލި އައިނެއް ވަދެއްޖެއެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި މާއެނބޫދޫފަޅަށް ވަދެފައި ވަނީ ވަރަށް ބޮޑެތި ކަންނެއްޔެވެ. އެއީ ދަލެއްޖަހައިގެން ހިފޭ ވަރަށްވުރެވެސް މާބޮޑެތި ކަންނެލި ކަމުގައި އެރަށުގެ ބައެއް މަސްވެރިން ބުންޏެވެ.

ރަށުގެ ބައެއް މީހުން ވަނީ، ބަނދަރުމަތީގައި ތިބެ ކަންނެލި ބޭނުމަށްވެސް މަސައްކަތްކޮށްފައެވެ.

މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސަޢީދު ވިދާޅުވީ، މާއެނބޫދޫގައި ބަނދަރު ހެދިފަހުން ދޭތެރެ ދޭތެރެއިން ކަންނެލި އައިންތައް ބަނދަރުތެރެއަށް ވަންނަ ކަމަށެވެ.

މާއެނބޫދޫއަކީ ކުރިން މަސްވެރި ރަށެކެވެ. އެރަށުގައި 16 އަށްވުރެ ގިނަ ދޯނި މަހަށްފުރައި ދުއްވިއެވެ. އެހެން ނަމަވެސް މިހާރު އެރަށުގައި އޮތީ ކަންނެލި މަސްވެރިކަން ކުރާ އެންމެ ދެ ދޯނިކަމުގައި މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސަޢީދު ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ފަޅުތެރެއަށް ކަނޑުމަހާއި ކަންނެއްޔާއި ލައްޓި ރާގޮނޑި ވަނުމަކީ، ދޭތެރެ ދޭތެރެއިން ހިނގާ ކަމެކެވެ. އެގޮތަށް ފަޅަށް މަސްއައިންތައް ވަންނަ ހާލަތްތަކުގައި ރައްޔިތުން އެކުގައި ނިކުމެ މަސް ހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް