Post banner
ރާއްޖެ

ކޮޅުވެއްޓި ބައްނޑުން ޖަހާލި ހާދިސާގައި ގެއްލިފައި ވަނީ ދެ ބިދޭސީން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކޮޅުވެއްޓި ބައްނޑުން ޖަހާލި ހާދިސާގައި ގެއްލިފައި ވަނީ ދެ ބިދޭސީން

ބަންޑުން ޖަހާލި ކޮޅުވެއްޓި -- ފޮޓޯ: އެމްއެންޑީއެފް

ކ. ގާފަރު ކައިރިއަށް މިއަދު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިފައި ވަނީ ދެބިދޭސީން ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

މި ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ މިއަދު ހެނދުނު 8:48 ހާއިރުގައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަނުން އަންނަނީ ހަރަކާތްތެރިވަމު ކަމަށާއި، ބަންޑުން ޖަހާލި ކޮޅުވެއްޓި މިހާރު އޮތީ ކ. ގާފަރު ފަރުމައްޗަށް ލައްވެފައި ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް