ލޯންޗުން ގެއްލުނު ދެމީހުން އަދިވެސް މީހުން ނުފެނޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކަނޑުމަތީގެ ހާދިސާ އަކާއި ގުޅިގެން ކޯސްޓްގާޑު ހަރަކާތްތެރިވަނީ -- ފައިލް ފޮޓޯ: އެމްއެންޑީއެފް
ވ. ފެލިދޫ ކައިރިން ރޭ ކުޑަ ލޯންޗަކުން ކަނޑަށް ވެއްޓި ގެއްލުނު ދެމީހުން މިހާތަނަށް ފެނިފައި ނުވާކަމުގައި އެމްއެންޑީއެގުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓައި ނުލައި ކުރަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހުން ފެނިފައި ނުވާކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން އެސަރަހައްދު ބަލަމުން ދާ ކަމަށާއި އަދި ޑައިވަރުންވެސް އެސަރަހައްދަށް ފީނާފައި ވާކަމަށެވެ.
އެމީހުން ގެއްލިފައި ވަނީ، ވ.ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ލޯންޗު ދަތުރުކުރަމުން ދަނިކޮށް ހިނގި ހާދިސާއެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައި ވެއެވެ.
ގެއްލިފައި ވަނީ އިންޑިއާގެ ދެ ރައްޔިތުންނެވެ. އެމީހުން ހުންނާއި އެކު އިތުރު 5 މީހުންވެސް އެލޯންޗުގައި ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ، އިނގިރޭސި ވިލާތު އަންހެނަކާއި، ރަޝިއާ އަންހެނެއްގެ އިތުރުން އިންޑިއާގެ އިތުރު 3 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް