Post banner
ރާއްޖެ

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލައިފި

2026 މެއި 13 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދު މުއްދަތު ޖެހި އެކަކު ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމުޒާހަރާއިން 10 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން 7 މީހުން ދޫކޮށްލި ކަމަށެވެ. ކޯޓުން ބަންދުގެ މުއްދަތުޖަހައިދިނުމުން ބަންދުގައި ތިބި 3 މީހުންގެ ތެރެއިން އެކަކު 3 ދުވަހަށް ބަންދު ކުރުމަށް، އެކަކު 5 ދުވަހަށް ބަންދު ކުރުމަށް އަދި އަނެއް މީހާ 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ދިނެވެ.

އޭގެ ތެރެއިން، 3 ދުވަހަށް ބަންދު ކުރަން އަމުރު ކުރި މީހާ މިހާރު ވަނީ ދޫކޮށްލާފައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ބަންދުން މިއަދު ދޫކޮށްލާފައި ވަނީ، ޢަބްދުﷲ ޝަރީފެވެ.

ފުލުހުންގެ ބަންދުގައި މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ތިބީ، ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޝަމްޢޫން ޖަލީލު (ލޫކަސް) އާއި ޢަލީ ޖުމާންއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް