ދުނިޔެ

މެކްސިކޯގެ ޑްރަގުގެ ބޮޑެއް މަރާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މެކްސިކޯގެ ޑްރަގުގެ ބޮޑެއް މަރާލައިފި

ޑްރަގު ލީޑަރު ނެމެސިއޯ އޮސެގުއޭރާ --

މެކްސިކޯގައި މަސްތުވާތަކެތީގެ ކާޓެލްއެއް ހިންގަމުން އައި ޑްރަގު ލީޑަރު ނެމެސިއޯ އޮސެގުއޭރާ މަރާލައިފިއެވެ.

“އެލް މެންޗޯ” ގެ ނަމުން މަޝްހޫރުވެފައިވާ ނެމެސިއޯއަކީ އެމެރިކާއިންވެސް ހޯދަން ބޭނުންވެފައިވާ މީހެކެވެ. އޭނާ ދިރިހުއްޓައި ނުވަަތަ މަރާލައިގެންވެސް ހޯދައިދިން ފަރާތަކަށް އެމެރިކާއިން 15 މިލިއަންޑޮލަރުގެ އިނާމެއްވެސް އޮތީ ހުށައަޅާފައެވެ.

މެކްސިކޯގެ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އެލް މެންޗޯ މަރާލާފައި ވާއިރު އެ އޮޕަރޭޝަނަށް އެމެރިކާއިން ވަނީ ޖާސޫސީ އެހީތެރިކަން ފޯރުކޮށްދީފައި ކަމުގައި، ވައިޓްހައުސްއިން ހާމަކޮށްފައި ވެއެވެ.

އޭނާ މަރާލުމާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން، އޭނާ ނިސްބަތްވާ "ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް"އިން ވަނީ، ސިފައިންނާއި ކުރިމަތިލައި ބަޑީގެ ހަމަލާތައްވެސް ބަދަލުކޮށްފައެވެ. މީގެ އިތުރުން، މެކްސިކޯގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގުއަޑަލަޖާރާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކޮށް ގެއްލުންތައް ދިނުމާއި ގުޅިގެން، މަގުތައް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ހަމަނުޖެހުންތަކުގައި ސިފައިންގެ 7 މީހަކާއި އާއްމުންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް