Post banner
ރާއްޖެ

އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ ---

އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ.

މިއިމާރާތް މިއަދު ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި މި އިމާރާތަކީ، ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމާ އެކު 2022ވަނަ އަހަރު ބިންގާ އަޅައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަކްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އިން ވިލަރެސްކޮށްގެން ބިނާކުރި އިމާރާތެކެވެ. އަދި މި އިމާރާތުން ދެވޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި އިމާރާތުގައި ޒަމާނީ އޮޕަރޭޝަންސް ރޫމްތަކާއި، ތަމްރީނުދޭ ވަސީލަތްތަކުގެ އިތުރުން އޮޑިޓޯރިއަމެއް ޤާއިމުކުރެވިފައިވާ ކަމަށާއި، މި އިމާރާތާ އެކު، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ވިލަރެސްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުވެ، ކުއްލި ޙާލަތްތަކުގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށާއި، އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚާއްޞަ ތަމްރީނުތަކާއި ބައިނަލްއަޤްވާމީ އެއްބާރުލުން ފުޅާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް