Post banner
ރަށްރަށުން

ކުޅުދުއްފުށިން ފަޔަރ ފައިޓަރުން ގޮސް ކުމުންދޫ ގެއެއްގައި ރޯވި އަލިފާން ނިވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުޅުދުއްފުށިން ފަޔަރ ފައިޓަރުން ގޮސް ކުމުންދޫ ގެއެއްގައި ރޯވި އަލިފާން ނިވާލައިފި

ނޫރާނީމާގޭގައި ރޯވި އަލިފާން ނިވާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަމަނުން ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

ހދ.ކުމުންދޫ ނޫރާނީމާގޭގައި ރޯވި އަލިފާން ނިވާލައިފިއެވެ.

އެގޭގައި ރޯވީ، މިރޭ 21:00 ހާއިރުގައެވެ. އަލިފާނުގެ ހާދިސާ އާއި ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ހދ.ކުމުންދޫއަށް އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ނިއްވާލެވުނީ 22:17 ހާއިރުގައި ކަމަށެވެ. އަލިފާން ނިވާލެވުނު އިރު އެގެ ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމުގައި އެމްއެންޑީއެފުންވެސް ވަނީ ވިދާޅުވެފައެވެ.

އަލިފާން ރޯވި ނޫރާނީމާގޭގައި ދިރިއުޅެނީ އެންމެ މީހެކެވެ. އެއީ ބަނގުލަދޭޝް މީހެކެވެ. އެގޭގެ މީހުން ދިރިއުޅެނީ މާލޭގައި ކަމަށް އެނގިފައިވެއެވެ.

އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.

ޚަބަރު ލިޔުނީ: އައިމިނަތު އިބްރާހީމް - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް