ރާއްޖެ

ޝަފީޢު ޖޭއެސްސީއަށް ޢައްޔަނުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޝަފީޢު ޖޭއެސްސީއަށް ޢައްޔަނުކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ޢައްޔަނު ކުރެއްވި ފަނޑިޔާރު ޝަފީޢުއަށް ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅު އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު، ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

އެމަޤާމަށް ޝަފީޢު އައްޔަނުކުރައްވަިއ ފަތްކޮޅު ހަވާލުކުރައްވާފައި ވަނީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި، ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އަލްއުސްތާޛު ޙަސަން ޝަފީޢު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޙަސަން ޝަފީޢުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

ޝަފީޢު ޖޭއެސްސީއަށް ޢައްޔަނުކުރުމަށް، ހައިކޯޓުން ފާސްކުރީ މި ހުސްވި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގައެވެ. އޭނާ އެމަޤާމަށް ހައިކޯޓުން ކަނޑައެޅިތާ މަހަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް، އޭނާ އެ މަޤާމަށް ޢައްޔަނުކުރެއްވުން ލަސްވި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް