Post banner
ދުނިޔެ

ދަތުރުކުރައްވަމުން ގެންދެވި މަތިންދާ ބޯޓު ވެއްޓި އިންޑިއާގެ ޑެޕިއުޓީ މިނިސްޓަރަކު އަވަހާރަވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދަތުރުކުރައްވަމުން ގެންދެވި މަތިންދާ ބޯޓު ވެއްޓި އިންޑިއާގެ ޑެޕިއުޓީ މިނިސްޓަރަކު އަވަހާރަވެއްޖެ

ވެއްޓުނު މަތިންދާ ބޯޓު --- ފޮޓޯ: އަރަބް ނިއުސް

އިންޑިއާގެ މަހާރަޝްތުރަ ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރ އަރްޖިތު ޕަވަރް އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ، މުމްބާއީން އޭނާގެ އުފަން ސިޓީއަށް އޭނާ ދަތުރުކުރެއްވި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައެވެ. އެހާދިސާގައި އެބޯޓުން ދަތުރުކުރި އެންމެންވެސް ވަނީ މަރުވެފައެވެ. މިހާދިސާ ހިނގީ ބުދަ ދުވަހުގެ މެންދުރުފަހުގައެވެ. ބޯޓު ވެއްޓުނީ މުމްބާއީ އާއި 254 ކިލޯމީޓަރު ދުރުގައި އޮތް ހުސް ބިމަކަށެވެ.

ވެއްޓުނު މަތިންދާ ބޯޓަކީ، އަމިއްލަ އެއާލައިނެއްގެ ޗާޓަރ މަތިންދާ ބޯޓެކެވެ. އެބޯޓުގެ ދެ ޕައިލެޓާއި އަންހެން ކްރޫ މެމްބަރެއްގެ އިތުރުން އަރްޖިތުގެ ދެ މުވައްޒަފުންނެވެ. ބޯޓު ވެއްޓި ބިންމަތީގައި ޖެހުނު ވަގުތު ބޯޓު ގޮވައި ވަރަށް ބޮޑަށް ހުޅުހިފިއެވެ. އެހެންވެ އެބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާކަމުގައި އިންޑިއާގެ އޭވިއޭޝަން ޑިޕާޓްމަންޓުން ހާމަކޮށްފައި ވެއެވެ.

އިންޑާއާގެ ނޫސްތަކުަގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަރްޖިތު އޭނާގެ އުފަން އަވަށް ބްރަމަތީއަށް ދަތުރުކުރެއްވީ ކުރިޔަށް އޮތް އާއްމު އިންތިޚާބުގެ ކެމްޕޭނަށެވެ. އަރްޖިތުއަކީ، މަހާރަޝްތުރަ ސްޓޭޓްގެ ދެވަނައަށް އެންމެ މަތީ އިންތިޚާބީ މަޤާމުގައި ހުންނެވި ބޭފުޅާގެ އިތުރުން، އޭނާއަކީ، އާއްމުންގެ ވޯޓު ބީޖޭޕީއަށް ހޯދައިދިނުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި، އަރްޖިތު އަވަހާރަވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެކަމުގެ ހިތާމަފާޅު ކުރައްވައި ތަޢުޒިޔާ ފޮނުއްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް