އެއްދުވަހެއްގައި މަރުވި ދެ ގައިދީންގެ ހަށިގަނޑު ބޭރަށް ފޮނުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ޖަލު ----
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒްކުރަމުން ދިޔަ މީހުންގެ ތެރެއިން އެއް ދުވަހެއްގައި މަރުވި ދެ ޤައިދީންގެ ހަށީގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިދެ މީހުންވެސް މަރުވެފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ.
އޭގެ ތެރެއިން އެކަކީ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި ދަފްތަރު ނަމްބަރު. 439، އިބްރާހިމް ސުޙެއިލް (53އ)އެވެ. އަނެއް މީހަކީ، ސ. ހިތަދޫ، ދިއްގާގަސްދޮށުގޭ ޙަސަން ނިޔާޒް (45އ) އެވެ. ނިޔާޒު މަރުވީ، އޭނާއަށް ދިމާވި ކުއްލި ޞިއްޙީ މައްސަލައަކާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން މަރުގެ މި ދެމައްސަލަ ތަޙްޤީޤުކުރަމުން އަންނައިރު، ޤާނޫނުތަަކަށް ގެނެސްފައިވާ ބަދަލާއި އެކު ޖަލު ބަންދުގައި ހުއްޓައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހަދައި މަރުގެ ސަބަބު ދެނެގަންނަން ޖެހެއެވެ.
ހަސަން ނިޔާޒް ނިޔާވި އިރު، އޭނާއަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިނަމަވެސް އެކަން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދޮގު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް