Post banner
ރާއްޖެ

ޚާލިދާ ޒިޔާ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޚާލިދާ ޒިޔާ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޚާލިދާ ޒިޔާ އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ އާއިލާއަށާއި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ޚާލިދާ ޒިޔާ އަވަހާރަވުމަކީ، ބަނގުލަދޭޝްއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވާފައެވެ. ޚާލިދާ ޒިޔާއަކީ، ބަނގުލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އުމުރުފުޅުން 80 އަހަރުފުޅުގައި އޭނާ އަވަހާރަވީ އިރު އެކަމަނާ ވަނީ މިއަންނަ ފެބުރުއަރީ މަހު ބާއްވާ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައި އެކަން އިޢުލާނު ކުރައްވާފައެވެ.

ޚާލިދާ ޒިޔާ ތިން ފަހަރެއްގެ މަތިން ބަނގުލަދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް