ރާއްޖެ

އަލިފާނުގެ ހާދިސާގައި 5 މީހުން މަރުވިތާ 5 ދުވަސް ފަހުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާގައި 5 މީހުން މަރުވިތާ 5 ދުވަސް ފަހުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ----

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހިތާމަވެރި ޙާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވުމާއި، އިތުރު ދެ ރައްޔިތަކަށް އަނިޔާވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ،

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބަނގުލަދޭޝްގެ ރައީސަށް ފޮނުއްވެވި ތަޢުޒިޔާގެ ސިޓީފުޅުގައި، މި ނުރައްކާތެރި ޙާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާ، ރައްޔިތުންނާއި، ޚާއްސަކޮށް، ޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތަޢުޒިޔާ ފޮނުއްވާކަމުގައި ލިޔުއްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ، މި ޙާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ޙާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމުގައިވެސް ވިދާޅުވެފައެވެ.

މި މާރިޗު މަހުގެ 12 ވަނަ ދުވަހުގެރޭ ދަންވަރު 1:57 ހާއިރު، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ގޭސް ލީކުވެގެންނެވެ. އަދި އެހާދިސާގައި ފަސް މީހުން ނިޔާވީ، 215 ކިލޯގެ ބޮޑު ގޭސްފުޅި އެގޭގެ ބަދިގެ ތެރޭގައި ގޮވުމުގެ ސަބަބުން ކަން އެނގިފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް