ޤުރުއާނާއި ބެހޭ މަރުކަޒުން ހިންގި ކޯހެއްގެ ސެޓްފިކެޓް ނުލިބި ބައިވެރިން ޝަކުވާކުރަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިސްލާމިކް މިނިސްޓަރ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިންނާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުމުުގެ ތެރެއިން --- ފޮޓޯ: ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު
މިދިޔަ އަހަރު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހިންގި ކޯހެއްގެ ސެޓްފިކެޓް ނުލިބި އެކޯސް ނިންމި ދަރިވަރުން އެކަމުގެ ޝަކުވާކޮށްފިއެވެ.
ކޯސް ނިންމި ދަރިވަރުންގެ ތެރެއިން ދަރިވަރަކު "ރައްޔިތުންގެ ނޫހަށް" މައުލޫމާތު ޙިއްޞާކުރަމުން ބުނީ، ސެޓްފިކެޓް ނުލިބިވާ ކޯހަކީ، ހުޅުމާލޭ ފޭސް 1 ގައި ހުންނަ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ހިންގި ޤިރާޔަތު ލެވެލް 2 ކަމަށެވެ. އަދި ކޯހުގެ ސެޓްފިކެޓް ނުލިބޭ މައްސަލާގައި އެމަރުކަޒަށް ޝަކުވާ ހުށައެޅުމުން، އެމްކިޔުއޭއިން އެޕްރޫވް ނުކޮށްގެން ލަސްވަނީ ކަމަށް ބުނެފައިވާ ކަމަށާއި، އެހެން ނަމަވެސް އެކޯހުގެ ބައިވެރިން އެކަމުގެ މައުލޫމާތު ހޯދުމަށް އެމްކިޔުއޭއަށް ގުޅުމުން، ކޯސް އެޕްރޫވް ކުރަން ހުށައަޅާފައި ނުވާކަމަށް އެތަނުން ބުނެފައިވާ ކަމަށްވެސް މައުލޫމާތު ދިން ދަރިވަރުން ބުންޏެވެ،
ހުޅުމާލެ ފޭސް 1ގައި ހުންނަ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިން ޤިރާޔަތު ލެވެލް 2ގެ ސެޓްފިކެޓް ކޯސް ނިންމި ދަރިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، ސެޓްފިކެޓް ނުލިބުމުގެ ސަބަބުން 25އަށް ވުރެ ގިނަ ދަރިވަރުންނަށް އަނެއް ލެވެލްގައި ކިޔެވެން ފެށޭގޮތް ވެފައިނުވުމެވެ.
މީގެ އިތުރުން މާލޭގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހިންގި ޤިރާޔަތު ލެވެލް 2ގެ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފައިވާ ކަމަށާއި، އަދި މާލެއިން ކޯސް ހެދި ދަރިވަރުން މިހާރު ލެވެލް 3 ފަށާފައިވާކަންވެސް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް