އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އުފައްދަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އައްޑޫ މީދޫ ކައުންސިލާއި، އތމ ކޮމިޓީގެ މެމްބަރުން ހުވާކުރުމުގެ ދަރުބާރުގެ ތެރެއިން -- ފޮޓޯ: މުޖުތަބާ
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް ބަދަލުގެންނަވައި، އައްޑޫ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އިއްޔެ އުފައްދަވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/12 ދެންނެވުމުގައެވެ.
"އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/33 އާއި 2025/34ގެ ދަށުންނެވެ.
މި ބަދަލާއިއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/12 ދެންނެވުމުން ވަނީ "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އާއި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާންމުކުރައްވާފައެވެ.
އަދި ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ"އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1140 ކަމަށާއި، "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ"އަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 1141 ކަމުގައި ވެސް މި ދެންނެވުމުގައި ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް