Post banner
ރާއްޖެ

ބަނޑު އޮޔާދާތީ ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބަނޑު އޮޔާދާތީ ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި

މާލެ އަތޮޅުތެރެއިން އޮުޔާދާ ބާޖު -- ފޮޓޯ: އާރިފް ސާމީ

ކ. ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން ދަގަނޑު ބާޖެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ​މި ބާޖު އޮޔާދަނީ ކ. ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބިފައި ވާއިރު، މި ބާޖު އޮޔާދާ އިރު އެއްވެސް އަލިކަމެއް ފެންނަން ނުހުންނާނެ ކަމަށެވެ.

​އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރާ ކަމަށާއި، އަދި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ނަމަ، އިތުރަށް ސަމާލުވުމަށް ދަންނަވާ ކަމުގައިވެސް ކޯސްޓްގާޑުން ވަނީ ވިދާޅުވެފައެވެ.

މިއުޅަނދު މާލެ އަތޮޅުތެރެއިން އޮޔާދާތަން ފެނިގެން ކޯސްޓްގާޑަށް އެކަން ރިޕޯޓްކޮށްފައިވަނީ، އެ ސަރަހައްދުން ދަތުރުކުރި އުޅަނދު ފަހަރުންނެވެ. އެ އުޅަނދު އޮޔާދާތީ، އެކަމާއި ގުޅިގެން އެމްއެންޑީއެފުން އިތުރު ފިޔަވަޅެއް އެޅިކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް