ޑޮމެސްޓިކް އޮޕަރޭޝަންސްގައި މިފެށުނީ މުޅިން އައު ބާބެއް: ޝަރީފް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެކަމާއި ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ، ީއައިއޭގެ އިންޓަރނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ.
އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލް 2އަށް ބަދަލު ކުރެވުމަކީ، ީއައިއޭ އިން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތުގެ އައު ބާބެއް ކަމުގައި، އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދު އެކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކޮށްފައި ވަނީ ހުސްވި ހަފްތާގެ އަންގާރަ ދުވަހުގައެވެ.
އެކަމާއި ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ، ީއައިއޭގެ އިންޓަރނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ.
ޓަރމިނަލް 2އަށް ޑޮމެސްޓިކް އޮޕަރޭޝަންތައް ބަދަލުކުރި އިރު، އެ ޓަރމިނަލްގައި ހުންނަ މޫނިމާ ލައުންޖް ރާއްޖޭގެ އަމިއްލަ އެއާލައިނަކަށް ދޭން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް