Post banner
ރާއްޖެ

އެމްޑީޕީގެ ކެންޑިޑޭޓުން ނަން ނަގަން ސަރުކާރުން ފައިސާ އާއި ވަޒީފާ ހުށައަޅާ ކަމަށް ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެމްޑީޕީގެ ކެންޑިޑޭޓުން ނަން ނަގަން ސަރުކާރުން ފައިސާ އާއި ވަޒީފާ ހުށައަޅާ ކަމަށް ބުނެފި

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ސްޕޯކްސް ޕަރސަން،--- ފޮޓޯ: އެމްޑީޕީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމަށް، ސަރުކާރުން ފައިސާ އާއި ވަޒީފާތައް ހުށައަޅަމުން އަންނަ ކަމުގައި އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ކަނޑައެޅި ތަރުޖަމާނު، އެ ޕާޓީގެ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ބައެއް ދާއިރާތަކަށް ލާފައި ތިބި ކެންޑިޑޭޓުންނަށް ބޮޑެތި ހުށަހެޅުންތައް ހުށަހަޅައިގެން އެ ބޭފުޅުންގެ ނަން އަނބުރާ ގެންދިޔުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އިންތިޚާބާއި ގުޅިގެން ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ފަހިވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަންކަން ކުރަމުން އަންނަ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި، ބާއްވަމުން އަންނަ އެކި އިންތިޚާބުތަކުގައި ވާދަވެރި ކެންޑިޑޭޓުންނަށް ފައިސާ އާއި މާލީ މަންފާތައް ހުށައަޅައިގެން ނަން ނެގުވުމަކީ، ވަރަށް ފާޅުގައި މީގެ ކުރިންވެސް ހިންގަމުން އައިސްފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް