Post banner
ރާއްޖެ

ޑރ. ވަޙީދަށް ވެރިކަން ލިބުމުން އެޕްސްޓީން މަރުޙަބާކިޔައި މެސެޖު ފޮނުވި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑރ. ވަޙީދަށް ވެރިކަން ލިބުމުން އެޕްސްޓީން މަރުޙަބާކިޔައި މެސެޖު ފޮނުވި

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު -- ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންނާއި މެދު ލާއިންސާނީ އަމަލުތައް ހިންގައި، ޖިންސީ ބޭނުމަށް ކުޑަކުދިން ވިއްކުމުގެ ނެޓްވޯކެއް ހިންގި، އެމެރިކާގެ ޖެފްރީ އެޕްސްޓީން، ރައީސް ނަޝީދުގެ ވެރިކަން ވެއްޓި، ޑރ. ވަހީދަށް ވެރިކަން ލިބުމުން މަރުހަބާ ކިޔާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހާތަނަށް އާންމުކޮށްފައިވާ އެޕްސްޓީންގެ ތަހުގީގާ ގުޅޭ ލިޔެކިޔުންތަކުން ތަކުންނެވެ. މިގޮތުން ހާމަކޮށްފައިވާ މެއިލްތަކުން އެނގޭ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހުގައި، އޭރު ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމުގެ ހުއްވާ ކުރެއްވުމުން އެޕްސްޓީންވަނީ ރައީސް ޑރ. ވަހީދަށް މަރުޚަބާ ކިިޔާފައެވެ.

އާއްމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ރައީސް ނަޝީދުވެ ވެރިކަން ވެއްޓުމުގެ ކުރިންވެސް، އެޕްސްޓީން އާއެކު ރައީސް ވަޙީދު ގާތްގުޅުމެއް ބޭއްވިއެވެ. އެގޮތުން 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އެމެރިކާއަށް ރައީސް ވަޙީދު ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީން އާ ބައްދަލު ކުރައްވާފައިވާކަން ލިޔެކިޔުންތަކުން ހާމަވެއެވެ. މީގެ އިތުރުން ވެރިކަން ލިބިވަޑައިގެންނެވުމަށްފަހު ކުރެއްވި 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ރައީސް ޑރ. ވަހީދު އެޕްސްޓީންއާ ބައްދަލު ކުރައްވާފައިވާކަން، ދިވެހި ދައުލަތުގެ ރެކޯޑުތަކުން އެނގެން އެބައޮތެވެ. އަދި ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުވަނީ، ސެޕްޓެމްބަރު 23، 2012، އަދި މެއި 18، 2014، ގައި އެޕްސްޓީން އާއި ބައްދަލު ކުރެއްވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކާއި އެޕްސްޓީން އާއި ދެމެދު ގާތްގުޅުމެއް އޮތްކަން، އެޕްސްޓީން ޖަލުގައި ހުރެ އަމިއްލައަށް މަރުވުމުގެ ސާޅީސް ދުވަސްކުރިން ފޮނުވާފައިވާ އީމެއިލްއަކުންވެސް ސާބިތުވެއެވެ.

އެޕްސްޓީންގެ މައްސަލަތަކުގެ ލިޔެކިޔުންތައް ހާމަވެ، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، އެޕްސްޓީން އާއި ދެމެދު ގާތްގުޅުންތަކެއް އޮތްކަން ފަޅާއެރުމުން ޑރ. ވަހީދުވަނީ ދިފާޢުގައި ބަޔާނެއްވެސް ނެރުއްވާފައެވެ. އެބަޔާނުގައި އެޕްސްޓީން ހިންގަވަމުން ގެންދެވި މުޑުދާރު ކުށުގެ ޢަމަލުތައް އެނގިވަޑައި ނުގަންނަވާ ކަަމަށާއި، އެފަދަަކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނޭ ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް