Post banner
ރާއްޖެ

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރޭ މާލެ އަތުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރޭ މާލެ އަތުވެއްޖެ

ރޭ ރާއްޖެ އައި ހައްޖުވެރިން ---

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ފުރަތަމަ ގުރޫޕް މާލެ އަތުވެއްޖެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ މީހުންގެ ފުރަތަމަ ގުރޫޕް މާލެ އައިސްފައި ވަނީ ރޭގެ 8:00ގައި ސައުދީއާ އެއާލައިންގެ ފުލައިޓަކުންނެވެ.

މޯލްޑިވްސް ހައްޖުކޯޕަރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ހައްޖުވެރިންގެ ދެވަނަ ގުރޫޕްގެ މީހުން މާލެއަށް އައުމަށް ފުރާނީ، ހޯމަ ދުވަހު، ޤައުމީ އެއާލައިން މޯލްޑިވިއަންގައެވެ.

ރާއްޖެއިން މިއަހަރު 1000 ވުރެ ގިނަ މީހުން ހައްޖަށް ދިޔައިރު، ހައްޖުގެ އިންތިޒާންތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަރަށް ފުރިހަމައަށް ހަމަަޖައްސާފައިވާ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ފްލައިޓްގެ ހައްޖުވެރިން ފުރާނީ، ޖޫން 9 ވަނަ ދުވަހު މަދީނާ ގަޑިން ހަވީރު 4:00ގައެވެ. އެފްލައިޓް މާލެއަށް ޖައްސާނީ، އެރޭގެ ދަންވަރު ރާއްޖޭގަޑިން 12:01ގައެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް މާލެއައުމަށް ފުރާނީ މަދީނާ އެއާޕޯޓުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް