ހިމަބިހި ޖެހުނު ޒުވާނަކު ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ހޮސްޕިޓަލް
ރާއްޖޭގައި ހިމަބިހި ޖެހިގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އައި ޒުވާނަކު ނިޔާވެއްޖެއެެވެ.
އެނގިފައިވާ ގޮތުގައި ނިޔާވީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދުއެވެ.
ހިމަބިހި ބަލީގައި ޒުވާނަކު ނިޔާވެފައި ވީނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ރާއްޖޭގައި ޚާއްޞަކޮށް މާލެ ސަރަހައްދުގައި މިބަލި އަންނަނީ ބާރަށް ފެތުރެމުންނެވެ. މިއަހަރުގެ މިހާތަނަށް 122 ވުރެ ގިނަ މީހުންނަށް މިބަލި ވަނީ ޖެހިފައެވެ.
ހިމަބިއްސަކީ ރާއްޖެއިން މުޅިން ނައްތާލެވުނު ބައްޔެގެ ގޮތުގައި 2017 ވަނަ އަހަރު ޑަބްލިޔުއެޗްއޯއިން ކަނޑައެޅިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް