Post banner
ރާއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީމީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީމީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ފުލުހުންގެ އިދާރާ ---

ތިލަފުށިން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ ނިޔާވެފައި އޮއްވައި ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކަމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން އާއްމު ކުރާނެ ކަމަށެވެ. ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހުން އެމީހާ ގެއްލިފައިވާ ކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދުއެވެ. އެހެންވެ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން އައީ ކުރަމުންނެވެ.

ގެއްލުނު މީހާ އާއި ބެހޭ އެއްވެސް ތަފްސީލެއްވެސް ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް