ކުރީގެ ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގަތުން --
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިރޭ އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް ޞާލީޙް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓް، ޢަބްދުﷲ ޞާދިޤު (ސޯބެ) އާއި އައްޑޫ ސިޓީގެ މޭޔަރު ނިޒާރާއި އެސިޓީގެ އެމްޑީޕީގެ މެމްބަރުންނާއި އާއްމު ރައްޔިތުންނެވެ.
ރައީސް ޞާލިޙް އައްޑޫ ސިޓިއަށް ވަޑައިގެންނެވީ، ހޮނިހިރު ދުވަހު ބާއްވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ، އެމްޑީޕީގެ ކެންޑިޑޭޓް، ޢަބްދުﷲ ޞާދިޤު (ސޯބެ)ގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ، އެހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމުގައި، ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ހާމަކުރައްވާފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ދެން ވާދަކުރަނީ، ޕީއެންސީގެ ކެންޑިޑޭޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް