ރާއްޖެ

ހަތަރު ޝަރުތެއް ކުރުމަށް ފަހު މައިމޫން ދޫކޮށްލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަތަރު ޝަރުތެއް ކުރުމަށް ފަހު މައިމޫން ދޫކޮށްލައިފި

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދު ---

ރޭ ޗާނދަނީ މަގުގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، ފުލުހުން ހައްޔަރުކުރި، އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދުގެ މައްޗަށް 4 ޝަރުޠެއް ކުރުމަށްފަހު ކޯޓުން ބަންދު މުއްދަތު ޖަހައިނުދީ ދޫކޮށްލައިފިއެވެ.

ފުލުހުން މައިމޫންގެ ބަންދުގެ މުއްދަތު ޖަހައިދިނުމަށް އެދިފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލީ، ކޯޓުން ކަނޑައެޅި ޝަރުޠުތަކަށް އޭނާ އެއްބަސްވުމުންނެވެ.

ކޯޓުން މައިމޫނު ދޫކޮށްލުމަށް ކުރި ޝަރުޠުތައް:

  1. ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުން

  2. އުޅޭ އެޑްރެސް އަދި ފޯނު ނަމްބަރު ބަދަލުވެއްޖެނަމަ ފުލުހުންނަށް އެންގުން

  3. މާލެ ސަރަހައްދުން ފުރައިގެންދާނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދުން

  4. މިމައްސަލައިގައި މީނާގެ މައްޗަށް އިތުރު މީހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުކޮށްފައިވާތި، މައްސަލައިގައި ހެކިބަސްދީފާނެކަމަށް ބެލެވޭ އެއްވެސް ފަރާތަކާއި ވާހަކަ ނުދެއްކުން.

ފުލުހުން ރޭ މައިމޫނު ހައްޔަރުކޮށްފައި ވަނީ، ޗާނދަނީ މަގުގައި ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން، އަމީނިއްޔާ ކައިރިންނެވެ. ފުލުހުން އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ނިއްކުރިމަތިން މަށައިގެން ގޮސް އަނިޔާވެސް ވިއެވެ. އަދި މައިމޫނަށް ފަރުވާ ދިނުމަށް ރޭ ވަނީ އައިޖިއެމްއެޗަށްވެސް ގެންގޮސްފައެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން، އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުالله ރަޝީދުވެސް ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ބަންދުގެ މުއްދަތުޖަހަން ނުގެންގޮސް ފުލުހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް