އެފްޑީސީ ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްޑީސީގެ ޓަވަރުތައް ---
ހުޅުމާލެ ފޭސް 2ގައި ހުންނަ އެފްޑީސީގެ ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ވެއްޓިފައިވަނީ، އުމުރުން 16 އަހަރުގެ ދިވެހި އަންހެންކުއްޖެއް ކަމަށެވެ. އެކުއްޖާ ވެއްޓިފައި ވަނީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާން އުދަރެސް 2 ވަނަ ޓަވަރުގެ 3 ވަނަ ފަންގިފިލާއިން ކަމަށާއި، ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހެނދުނު 11:35 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާ ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް