ކުޑަހުވަދޫގައި ހުންނަ ބީއެމްއެލް ބުރާންޗުގެ އައު އިމާރާތް ހުޅުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުޑަހުވަދޫގައި ހުޅުވި ބީއެމްއެލް ބްރާންޗްގެ އައު އިމާރާތް -- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެބޭންކުގެ އައު އައު އިމާރާތް ދ. ކުޑަހުވަދޫގައި ހޮނިހިރު ދުވަހު ހުޅުވައިފިއެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް އިމާރާތްކޮށްފައިވާ އިމާރާތުގައި އަލުން އެކުންފުނީގެ ބުރާންޗު ހުޅުވުމާއެކު ކުޑަހުވަދޫގައި މިހާރު ހުރި ބްރާންޗްގެ މަސައްކަތްތައް އާ އިމާރާތަށް ބަދަލުކުރެވުގެންދާނެ އެވެ. އެކަމުގެ ސަބަބުން ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ އިތުރުވަމުންދާ ބޭންކިންގް ބޭނުންތަކަށް އެހީތެރިވެދީ، ކަސްޓަމަރުންނަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމުގައިވެސް ބީއެމްއެލްއިން ހާމަކޮށްފައި ވެއެވެ.
މިރަސްމިއްޔާތުގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކުޑަހުވަދޫގައި ހުޅުވުނު އާ ބްރާންޗަކީ ރަށްތަކުގެ އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމަންޓާއި، ޒަމާނީ ބޭންކިންގް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ދައްކުވައިދޭ ކަމެއް ކަމަށެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 12 ބްރާންޗެއް ހުޅުވުމަށް ވަނީ ނިންމާފައި ކަމުގައި ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް