Post banner
ރަށްރަށުން

ހަނިމާދޫގައި ވޮލީ ކޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނިމާދޫގައި ވޮލީ ކޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

ހަނިމާދޫ ކައުންސިލްގެ އިދާރާ --- ފޮޓޯ: ރަށު ރިޕޯޓަރު - މުޙައްމަދު މުޢާޒް / ރައްޔިތުންގެ ނޫސް

ހދ. ހަނިމާދޫގައި ވޮލީ ކޯޓެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ހަނިމާދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތަށް ހަނިމާދޫގައި ވޮލީ ކޯޓެއް ގާއިމުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު ބީލަމުގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ.

އަދި އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުމުގެ ފުރުސަތު ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު އޮންނާނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހަނިމާދޫ ކައުންސިލުން އިތުރަށް ވިދާޅުވެފައިވަނީ ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަނި ކަމަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު ހަމަވުމުން، ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބޭނެ ކަމަށް ކައުންސިލުން ހާމަކުރިއެވެ.

ޚަބަރު ލިޔުނީ: ރަށު ރިޕޯޓަރު - މުޙައްމަދު މުޢާޒް

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް