ދިރާގުގެ މެޖޯރިޓީ ޙިއްސާ އާއި އެމްޑަބުލިޔުއެސްސީގެ ހުރިހާ ހިއްސާއެއް ސަރުކާރަށް ގަންނަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ދިރާގުގައި ސަރުކާރު ޙިއްޞާވާ މިންވަރު %51އަށް އިތުރުކޮށް، އެމްޑަބުލިޔުއެސްސީގެ %100 ހިއްސާ ސަރުކާރަށް ގަތުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ބޭނުންވި ވަކި މީޑިއާތަކަކަށް ދައުވަތު ދީގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ،
ރައީސް ވިދާޅުވީ، ދިރާގުގައި ސަރުކާރު ޙިއްޞާވާ މިންވަރު، %51އަށް ބޮޑުވުމަކީ، ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ދިރާގުގެ ޙިއްޞާ ބެހިފައިވާ ގޮތް:
ދިވެހި ސަރުކާރު %41.8
ބަޓެލްކޯ- ބަޙްރެއިން %52
އާއްމުން %6.2
ސަރުކާރަށް ދިރާގުގެ މެޖޯރިޓީ ޙިއްސާގަތުމަށް ނިންމި ނަމަވެސް އެކަން ކުރެއްވުމަށް ރާވާފައިވާ ގޮތެއް، ރައީސުލްޖުމްހޫރިއްޔާ ވިދާޅެއް ނުވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެމްޑަބުލިޔުއެސްސީގެ ޙިއްޞާގެ %100 ސަރުކާރަށް ހޯދުމަށްވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޑަބުލިޔުގެ ޙިއްޞާ ބެހިފައިވާގޮތް:
ދިވެހި ސަރުކާރު %80
ހިޓާޗީ / ޖަޕާން %20
ރާއްޖޭގެ ބޮޑު ދެކުންފުނީގެ ޙިއްޞާ ބޭރުގެ ދެކުންފުންޏަކަށް ވިއްކާފައި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް