މައްސަލަ ދިމާވި ފްރީޒަރެއްގައި ރައްކާކޮށްފައި ހުރި ލޭ އެޅި މައްސަލައިގައި ޝާމިލްވާ މުވައްޒަފު ސަސްޕެންޑްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޯލްޑިވްސް ބްލަޑް ސަރވިސްގެ މުވައްޒަފުން ---
މޯލްޑިވްސް ބްލަޑް ސަރވިސްގެ ލޭ ރައްކާކުރާ ފްރީޒަރެއްގައި މައްސަލައެއް ދިމާވެފައި ވަނިކޮށް، އެފްރީޒަރުން ނެގި ލޭ، ތެލަސީމިއާ 3 ޕޭޝަންޓެއްގެ ގަޔަށް އެޅުނު މައްސަލައިގައި ޝާމިލްވާ މުވައްޒަފު ސަސްޕެންޑްކޮށްފިއެވެ.
މޯލްޑިވްސް ބްލަޑް ސަރވިސްއިން ބުނެފައި ވަނީ، އެކަން ހިނގާފައި ވަނީ، ލޭ އެޅުމުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފުންގެ އިހުމާލުން ކަމުގައިވާތީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުންފެށިގެން އޭނާ އޮފީހަށް ނުކުތުން މަނާކޮށްފައިވާ ކަމަށެވެ. އަދި މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަޙްޤީޤު ޓީމެއް އެކުލަވާލައި އެކަން ތަޙްޤީޤުވެސް ކުރަން ފަށާފައިވާ ކަމަށެވެ.
މިކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ، މޯލްޑިވްސް ބްލަޑް ސަރވިސްއިން އިންވަނީ މިރޭ، ދިގު ބަޔާނެއްވެސް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް