Post banner
ރާއްޖެ

އަތޮޅުތެރޭގެ 13 ރަށެއްގައި ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަތޮޅުތެރޭގެ 13 ރަށެއްގައި ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަނީ

ތ. ތިމަރަފުށީގައި އެޅި ހައުސިންގ ޔުނިޓްތައް ---

ކޮންޓެރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން 10 އަތޮޅެއްގެ 13 ރަށެއްގައި، ފްލެޓްއަޅައިދޭނެ ބަޔަަކު ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.

އެމިނިސްޓްރީން ބުރާސްފަތި ދުވަހުކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ ދަށުން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، ފްލެޓްއެޅުމަށް ނިންމާފައި ވަނީ، ހއ، ހޯރަފުއްޓާއި، ރ. އުނގޫފާރާއި، ބ. ތުޅާދޫ އާއި، ޅ. ނައިފަރާއި، މ. މުއްޔާއި، ދ. މީދޫ އާއި، ލ. ގަމާއި، ގދ. ތިނަދޫގެ އިތުރުން ގދ. ތިނަދޫ އާއި ފުވައްމުލައްސިޓީ އާއި އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، އަދި މަރަދޫފޭދޫގެ އިތުރުން މަރަދޫގައި ކަމަށެވެ.

މިއީ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން މެދުފަންތީގެ އާމުދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން އަޅާ ފްލެޓްތަކެކެވެ. ވިއްކުމަށް ހަމަޖައްސާފައިވާ މިފްލެޓްތައް ލިބޭ ފަރާތްތައްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. އަދި މިފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ، 1.5 މިލިއަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް