Post banner
ރާއްޖެ

ރައީސް ނަޝީދުގެ ބޮޑު ބަދަލު މެނިފެސްޓޯއިން ލިބޭނެ ހައްލެއް ނެތް: ޝަމްހީދު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ނަޝީދުގެ ބޮޑު ބަދަލު މެނިފެސްޓޯއިން ލިބޭނެ ހައްލެއް ނެތް: ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު --- ފޮޓޯ: އެމްޑީޕީ

މި ޤައުމަށް މިއަދު ދިމާވެފަމިވާ އެއްވެސް މައްސަލައަކަށް ރައީސް ނަޝީދުގެ “ބޮޑު ބަދަލު” މެނިފެސްޓޯއިން ލިބޭނެ ހައްލެއް ނެތްކަމުގައި ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓުގައި، ޑރ. ޝަމްހީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކާއި ސުޕްރީމްކޯޓްގެ ފަޑިޔާރުން ވަކި ކުރަން، ރައްޔިތުން ވޯޓްލާންޖެހޭގޮތަށް ބަދަލުކުރުމުގެ ވާހަކައަކީ ދެކޮޅު ނުޖެހޭ ވާހަކައެއް ކަމަށެވެ.އޭރުން މި ގައުމުގަ އަބަދު އޮންނާނީ އިންތިހާބު ކަމަށާއި، އެހެން ވެއްޖެނަމަ ފައިސާ ނެތްމީހަކަށް ފަޑިޔާރަކަށްވެސް ވެވޭނެ ގޮތެއް އޮންނާނެތޯ ޑރ. ޝަމްހީދު ސުވާލުކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، ރައީސް ނަޝީދު ގެންގުޅުއްވާ، ބޮޑު ބަދަލުގައި، އޮތީ، މުޅިންވެސް އޮތީ ސަރުކާރު ހިންގަން މަތިބަރު ކުރާވާހަކަތައް ކަމަށެވެ. އަދި އޭގައި އޮތީ، ރައީސުލްޖުމްހޫރިއްޔާ އަކަށް ހަރަދު ކުރަމުން، ބޮޑުވަޒީރަށް ހަރަދު ކުރަންޖެހޭނެ ވާހަކަ ކަމަށާއި، މިނިވަން މުއައްސަސާތައް މެނޭޖު ކުރަން އިތުުރު މުއައްސަސާ އުފައްދާ ވާހަކަ އާއި ދެން އޮތީ ޤާނޫނުއަސާސީ ތަފްސީލު ކުރާވާހަކަ ކަމަށެވެ. އެނގިވަޑައިގެންފައި އޮތީ، އެކަން ކުރަނީ ޤަވައިދުތަކާއި، އުސޫލުތައް ހަދައިގެން ކަމުގައިވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އޭގެ ފަހުގައި ދެން އަނެއްކާވެސް މި ދައްކާ ވާހަކައަކީ، އެއަރޕޯޓާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލާ ވާހަކަކަން ވެސް ޑރ ޝަމްހީދު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ އާއްމު ވޯޓަކުން އެކަނި ރައީސް ނަޝީދަށްވެސް ވެރިކަމަށް ވަޑައިގެންނެވޭ ވަރުގެ ތާއީދެއް ލިބޭނެ ކަމަށް ނުބެލެވޭއިރު، ރައީސް ނަޝީދު ގެންދަވަނީ ނިޒާމް ބަދަލުކޮށްގެން، ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގެންނެވޭތޯ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް