އެއްމަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ހުސްވި ޖެނުއަރީ މަހު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދެފަތުރުވެރިއަކު ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރަނީ --- ފޮޓޯ: ވިޒިޓްމޯލްޑިވްސް
ރާއްޖެއަށް އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މި ނިމުނު ޖެނުއަރީ މަހުގައި ކަމަށް، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
އެމިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހުސްވި ޖެނުއަރީމަހު ރާއްޖެއަށް ވަނީ، 224،788 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ ހުސްވި ޑިސެމްބަރުމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވުރެ 333 ފަތުރުވެރިން އިތުރު އަދަދެކެވެ. އެހެންކަމުން ޖެނުއަރީ މަހުގައި ފަތުރުވެރިން ރާއްޖެއައި އަދަދަކީ އައި ރެކޯޑެކެވެ.
ޖެނުއަރީ މަހުގައިވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. ދެން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައި ވަނީ، އިޓަލީ އާއި ޗައިނާ އަދި އިނގިރޭސި ވިލާތުންނެވެ.
ސަރުކާރުން މިފަހަރު ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖެއަށް އަހަރެއްގެ ތެރޭގައި އަންނަ ފަތުރުވެރިންގެ އަދަދު، 2.4 މިލިޔަނަށް އަރާނެ ކަމަށެވެ. ހުސްވި އަހަރު 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް އަންދާޒާކުރި އިރު އެ އަމާޒަށް ވާޞިލެއް ނުވެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް