ރާއްޖެ

މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އެމްޑީޕީން ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން މާލޭ ޗާންދަނީ މަގުގައި ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި، އެމްޑީޕީގެ ޔޫތްވިންގް ނައިބް ރައީސް މައިމޫން އާއި، އެމްޑީޕީގެ ގަައުމީ މަޖިލީހު މެންބަރު އަބްދުﷲ ރަޝީދު ހިމެނެއެވެ.

ފުލުހުން ބާރުގެ ބޭނުންކޮށްގެން އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ތެރޭގައި މައިމޫނުގެ ނިއްކުރިމަތިން މަށައިގެންގޮސް ވަނީ ޒަޚަމްވެފައެވެ. އެމްޑީޕީން ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތައް ކޮންމެ ރެޔަކުވެސް ފަށަނީ، ޗާނދަނީ މަގުގައި ހުންނަ އެޕާޓީގެ ދަނޑިކޮށި ޖަހައިންނެވެ، މިރޭވެސް އެތަނުން ފެށި މުޒާާހަރާގައި، މުޒާހަރާގެ ބައިވެރިން ޗާނދަނީ މަގުން އުތުރަށްދާން މަސައްކަތް ކުރުމުން، ފުލުހުން ވަނީ ސްކޫޕާއި ހަމައިން މަގުބަންދުކޮށް މުޒާހަރާގެ ބައިވެރިން ކުރިޔަށް ދިޔަނުދީ ހުރަސް އަޅާފައެވެ.

އެމްޑީޕީން ކޮންމެ ރެޔަކުވެސް ދަނީ، ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާލައި ޗާނދަނީ މަގުގައި މުޒާހަރާކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް