Post banner
ރާއްޖެ

ޤަވާއިދާއި ޚިލާފަށް ޑޮލަރު ގަނެ ވިއްކަމުން ދިޔަ ބަނގުލަދޭޝް ދެމީހުން އަތުލައިގެންފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤަވާއިދާއި ޚިލާފަށް ޑޮލަރު ގަނެ ވިއްކަމުން ދިޔަ ބަނގުލަދޭޝް ދެމީހުން އަތުލައިގެންފި

އިމިގްރޭޝަންގެ ބެލުމުގެ ދަށަަށް ގެންދިޔަ ދެމީހުން --- ފޮޓޯ: އިމިގްރޭޝަން.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު ނަމަކަށް ކިޔާ ބަނގުލަދޭޝްގެ ދެމީހުންނެވެ. މީގެ ތެރެއިން އެމްޑީ މަސްއޫދު 2026 ސެޕްޓެމްބަރު 11 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަޙްޤީޤު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް