އިންފޮމޭޝަން ކޮމިޝަނަރަކީ، އިދިކޮޅު ފަރާތެއް: ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދަކީ، އިދިކޮޅު ފަރާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އާހިދު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކުގެ އޯޑަރަށް ކަމުގައި ތުހުމަތު ކުރައްވާފައެވެ. އެހެން ނަމަވެސް އެގޮތަށް ތުހުމަތު ކުރެއްވި ސަބަބެއް ރައީސުލްޖުމްހޫރިއްޔާ ވިދާޅެއް ނުވެއެވެ.
އިންފޮމޭޝަން ކޮމިޝަން ހިންގަން ހުރީ އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން ޢައްޔަނުކޮށްފައި ހުންނެވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ދެއްތޯ ސިޔާސީ ގޮތުން، އަޅުގަނޑުމެންނާއި ދެކޮޅު ކަންތައްތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު. އެކަހަލަ އިއުލާނެ އެކަން އަޅުގަނޑުމެން ތަންފީޒު ނުކުރާނަމަ." ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އާހިދަކީ، އިދިކޮޅު ސިޔާސީ ފަރާތެއް ކަމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާ މިނިސްޓްރީ އަކުން، އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް %100 އިންސައްތަ ފުރިހަމަޔަށް ހާމަކުރައްވާފައި ވާކަމުގައި، އިންފޮމޭޝަން ކޮމިޝަނަރު އިޢުލާނުކުރެއްވި ކަން ފާހަގަކުރެއްވުމަށް ފަހުގައެވެ. އަދި މިސަރުކާރަކީ ދެފުށްފެންނަ ގޮތުގައި ހިންގަމުން އަންނަ ސަރުކާރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރ އާހިދު ހާމަކުރައްވާފައިވާ ގޮތުގައި، މައުލޫމާތު ހާމަނުކޮށްގެން އެންމެ ގިނަ ޝަކުވާތައް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށެވެ. އަދި ކޮމިޝަންގެ އެންގުންތަކަށް ރައީސް އޮފީހުން ބޯ ނުލެނބުމުން އެއޮފީސް ޖޫރިމަނާވެސް ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް