classified
ވިކުރާ

ބީއެމްއެލްގެ ޑޮލަރު ވިޔަފާރީގެ މުއާމަލާތްތަކުގައި އިންވެސްޓް ކުރުމަށް ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބީއެމްއެލްގެ ޑޮލަރު ވިޔަފާރީގެ މުއާމަލާތްތަކުގައި އިންވެސްޓް ކުރުމަށް ހުޅުވާލައިފި

ބީއެމްއެލްއިން ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ފީގެގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ އިން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ.

ބީއެމްއެލްއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއިއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއިއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން މިހާރުވަނީ ތަޢާރަފްކޮށްފައެވެ.

ބޭންކުން ބުނީ، މިގޮތުން އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާކޮށްދޭނެ ކަމަށެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، ބައެއް އިންވެސްޓްމަންޓް ޕޫލްތަކަށް %25 އާއި ހަމަޔަށް ފައިދާލިބޭނެ ކަމުގައިވެސް ބީއެމްއެލްއިން ހާމަކޮށްފައި ވެއެވެ.

ބީއެމްއެލްއިން މިކަން ތަޢާރަފްކޮށްފައި ވަނީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ. މި ަފްލާގެ ބައިވެރިންނަށް އެފް.އެކްސް އިންވެސްޓްމަންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ވަނީ ދައްކާފައެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސްއަށް ބޭނުންވާ ޑޮލަރު ހޯދުމަށްޓަކައި އެކުންފުނިން އަޅާފައިވާ ފިޔަވަޅެކެވެ. ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ޑޮލަރު ދޫކުރުންވެސް ބޭންކުން ވަނީ ލިމިޓްކޮށްފައެެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް