ރާއްޖެ

އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީ މަޤާމުން ވަކިކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީ މަޤާމުން ވަކިކުރައްވައިފި

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަކިކުރެއްވި ގދ. ތިނަދޫ ބްލެކްސްމިތް، ހުސެއިން ދީދީ ---

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ގދ. ތިނަދޫ ބްލެކްސްމިތް، ހުސެއިން ދީދީ މަޤާމުން ވަކިކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ޙުސައިން ދީދީ ވަކިކުރައްވާފައި ވަނީ މިއަދުން ފެށިގެން ކަމަށެވެ.

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑަކީ ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ތަރައްޤީ ކުރެއްވުމަށް އުފައްދަވާފައިވާ ކުންފުންޏެކެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބަށްފަހު ސަރުކާރުގެ އިސްމަޤާމުތަކުންނާއި ކުންފުނިތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ މަޤާމުން ވަކި ކުރައްވަމުންނެވެ. މިއަދު އެންމެ ފުރަތަމަ މަޤާމުން ވަކިކުރެއްވީ، ފެނަކަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވި މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްއެވެ.

ސަރުކާރަށް ކުރިމަތިވި މި ނާކާމިޔާބީއަށް ފަހުގައި، ސަރުކާރުގެ މަޤާމުތަކަށް ރައީސުލްޖުމްހޫރިޔަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމުގެ އަޑުތައް އަންނަނީ ގަދަވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް