ރާއްޖެ

ހޯމަ ދުވަހުން ފެށިގެން އަނެއްކާވެސް ވެހިކަލްތައް ޓޯވ ކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހޯމަ ދުވަހުން ފެށިގެން އަނެއްކާވެސް ވެހިކަލްތައް ޓޯވ ކުރަނީ

ހުޅުމާލެ މަގުމަތިން ވެހިކަލް ނަގަނީ --- ފޮޓޯ: ޕޮލިސް

މާލޭގައި ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއ،ި ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ހޯމަ ދުވަހުން ފެށިގެން އަލުން ޓޯވ ކުރަން ފަށާނެކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާ ގުޅުންހުރި އިދާރާތަކާ ގުޅިގެނ،ް 2026 ފެބުރުވަރީ 23 ވަނަ ދުވަހުން ފެށިގެނ،ް ޤާނޫނު ނަންބަރު 5/2009 )އެއްގަމު ދަތުރުފަތުރުގެ ޤާނޫނު( އިން ދިވެހި ފުލުހުންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ތަނަކަށް މިފަދަ އުޅަނދުތައް ޓޯވ ކޮށްގެން ގެންދާނެ ކަމަށެވެ. އެހެންވެ، މާލޭގެ އެކިތަންތަނުގައި ބަހައްޓާފައިހުރި އެއްގަމު އުޅަނދުތައ،ް 2026 ފެބުރުވަރީ 22 ވަނަ ދުވަހުގެ 23:30 ގެ ކުރިން އެތަންތަނުން ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ ތާރީޚްގެ ފަހުން ބަޔާންކުރެވިފައިވާ ގޮތަށް ބެހެއްޓިފައި ހުރި އުޅަނދުތައް ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ތަނަކަށް ޓޯވކޮށްގެން ގެންދާނެ ކަމަށާއި، އެ ގޮތަށް ގެންދާ އުޅަނދުތައް ގެންދާ ގެންދިއުމުގައާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ ޚިދުމަތުން ޒިންމާ ނުވާނެ ކަމަށެވެ. އަދި ޓޯވކުރެވޭ އުޅަނދުތައް ޓޯވ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް