މޯލްޑިވިއަންގެ ރާއްޖެއިން ބޭރުގެ ދަތުރުތަކަށް ނަގާ ފިއުލްސާޗާޖު 320 ޑޮލަރާއި ހަމައަށް ބޮޑުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޤައުމީ އެއާލައިން މޯލްޑިވިއަން އިން، ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގެ ޓިކެޓަށް ފިއުލް ސާޗާޖުގެ ގޮތުގައި 50 ޑޮލަރަށްވުރެ ބޮޑު އަދަދެއް އިތުރުކޮށްފިއެވެ.
މޯލްޑިވިއަން އިން މިބަދަލު ގެނެސްފައި ވަނީ މި ނިމުނު ހަފްތާގައެވެ. މިގޮތުން، މާލެ ޓްރެވިންޑްރަމްގެ ކޮންމެ ޓިކެޓަކަށް 53 ޑޮލަރު އިތުރުކޮށްފައި ވާއިރު، ޓްރެވިންޑްރަމް މާލެ ޓިކެޓަށް، 4870 އިންޑިއަން ރުޕީސް ވަނީ އިތުރުކޮށްފައެވެ.
ހަނިމާދޫ ޓްރެވިންޑްރަމްއަށް ވިއްކާ ޓިކެޓްތަކަށް، 46 ޑޮލަރަށް ފިއުލްސަރޗާޖު ބޮޑުކޮށްފައިވާއިރު، ޓްރެވިންޑްރަމްއިން ހަނިމާދޫއަށް ވިއްކާ ޓިކެޓްތަކުން ނަގާ ފިއުލްސާޗާޖު ވަނީ 4870 ރުޕީސްއަށް ބޮޑުކޮށްފައެވެ.
މާލެ ކޮޗިންއަށް ވިއްކާ ޓިކެޓްތަކަށް، 58 ޑޮލަރުގެ ފިއުލްސާޗާޖެއް އިތުރުކޮށްފައި ވާއިރު، ކޮޗިންގ މާލެއަށް ވިއްކާ ޓިކެޓަށް ވަނީ، 5895 ރުޕީސް އިތުރުކޮށްފައެވެ.
މާލެ ޑާކާއަށް ވިއްކާ ޓިކެޓަށް، 125 ޑޮލަރު ނަގާއިރު، ޑާކާއިން މާލެއަށް ވިއްކާ ޓިކެޓްތަކަށް 131 ޑޮލަރުގެ ފިއުލްސާޗާޖެއް ވަނީ އިތުރުކޮށްފައެވެ.
މޯލްޑިވިއަންގެ ޓިކެޓްތަކުން ފިއުލްސަރޗާޖު އެންމެ ބޮޑުކޮށްފައި ވަނީ ޗައިނާގެ މަންޒިލްތަކަށް ކުރާ ދަތުރުތަކަށެވެ. މިގޮތުން ޗެންޑޫއަށް ކުރާ ދަތުރުތަކަށް ނަގާ ފިއުލްސާޗާޖު ވަނީ، 260 ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި ބެއިޖިންގއަށް ކުރާ ދަތުރުތަކަށް ނަގާ ފިއުލްސާޗާޖު ވަނީ 320 ޑޮލަރަށް ބޮޑުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް