classified
ރާއްޖެ

ޕެންޝަން އޮފީހުގެ ސީނިއަރ މުވައްޒަފުންތަކެއް އިސްތިއުފާދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕެންޝަން އޮފީހުގެ ސީނިއަރ މުވައްޒަފުންތަކެއް އިސްތިއުފާދީފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން --- ފޮޓޯ: ވީނިއުސް

ޕެންޝަން ފަންޑް މެދުވެރިކޮށް ސަރުކާރުން ހިންގަން އުޅޭ ކަންތައްތަކާއި ދެކޮޅު ހަދައި އެއޮފީޙުގެ ސީނިއަރ މުވައްޒަފުންތަކެއް ވަޒީފާއިން އިސްތިއުފާދީފިއެވެ.

އިސްތިއުފާ ދިން މުވައްޒަފުންގެ ތެރޭގައި، އެއޮފީހުގެ އެގްޒެކްޓިވް ލެވެލްގެ މުވައްޒަފަކާއި، ސީނިއަރ މެނޭޖްމެންޓްގެ ދެ މުވައްޒަފަކު ހިމެނެއެވެ.

ޕެންޝަން އޮފީހުގެ ވަޒީފާއިން އިސްތިއުފާ ދެއްވި ބޭފުޅުން:

1. ޗީފް ލީގަލް އޮފިސަރ: އަބްދުلله ފިކުރީ

2. ޑިރެކްޓަރ އޮފް އިންވެސްޓްމަންޓް އެންޑް ރިސާޗް: އައިމިނަތު އިރުތިޝާޔާ

3. ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސް: ހައިފާ އަހްމަދު

ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ޕެންޝަން ފަންޑުން ކުރިން ގަނެފައި ހުރި 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ އެ އަގުގެ ބޮންޑަކަށް އިންވެސްޓް ކުރުމަށެވެ. އަދި މި މުއާމަލާތް ހިންގުމަށް ނިންމާފައި ވަނީ އެމްއެމްއޭ މެދުވެރިކޮށްގެންނެވެ.

މިމައްސަލައިގައި ޕެންޝަން އޮފީހުގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މީގެ ކުރިން ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭތައި ޕެންޝަން އޮފީހުގެ ޗެއާޕަރސަން އަޙުމަދު އިނާޒާއި، އެއޮފީހުގެ ސީއީއޯ ސުޖާތާ ހަލީމާއި، އެ އޮފީހުގެ ސީއެފްއޯ ހައްވާ ފަޖުވާ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުން ޕެންޝަން އޮފީހުގެ ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް