މަހުދީގެ މަރުގެ މައްސަލަ ތަޙްޤީޤުކުރާކަމަށް ބުނިފަހުން މަހެއް، ފުލުހުންގެ ބަހެއް ނެތް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލްމަރްހޫމް، ސަރޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ --
ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ނިޔާވި ހާދިސާގެ ތަޙްޤީޤުކުރަމުންދާކަމަށް ފުލުހުން ބުނި ނަމަވެސް އެކަމުގެ އިތުރުމައުލޫމާތެއް ނުދީ ފުލުހުން ހިފަހައްޓައިފިއެވެ.
މީގެ އިތުރުން، މަހުދީ ނިޔާވުމުގެ ހާދިސާ އާއި ގުޅިފައިވާ، އިޓަލީ ފަތުރުވެރިންތަކެއް ކަނޑުއަޑީގެ ހޮހަޅައިގައި ތާށިވެ މަރުވި މައްސަލައިގެ ތަޙްޤީިޤާއި ގުޅޭ ގޮތުންވެސް ފުލުހުން މިހާތަނަށް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މަޙްދީ ނިޔާވީ، ހުސްވި މެއި މަހުގެ 16ވީ ހޮނިހިރު ދުވަހުގައެވެ. މަހުދީ ނިޔާވި ހާދިސާއަށް ހަފްތާއެއް ފަހުން، އެމައްސަލަ ތަހްޤީޤުކުރާކަމަށް ބުނުން ފިޔަވައި މަސްދުވަސްވީ އިރުވެސް އެތަޙްޤީޤާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މަޙްދީގެ މަރުގެ މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފައި ވަނީ ހުސްވި މެއި މަހުގެ 20 ވަނަ ދުވަހުގައެވެ.
މަހުދީ ނިޔާވީ، މެއިމަހުގެ 14 ވަނަ ދުވަހު، އަލިމަތާ ކައިރިން ކަނޑުގެ އަޑީގައި އޮންނަ ހޮހަޅައަކަށް ފީނި އިޓަލީގެ 5 ޑައިވަރުންގެ ތެރެއިން އެ ހޮހަޅައިގައި ތާށިވެ މަރުވި 4 ޑައިވަރުންގެ ހަށިގަނޑު ހޮހަޅައިގެ ތެރެއިން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރޭގައި، މެއި މަހުގެ 16 ވަނަ ދުވަހުއެވެ. މަހުދީ ނިޔާވީ އެކަށީގެންވާ ވަޞީލަތާއި، ތަމްރީން ނެތި ފީނަން ޖެހުމުގެ ސަބަބުން ދިމާވި މައްސަލަ ތަކުގެ ތެރޭގައެވެ.
މަޙްދީ ނިޔާވީ، ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަކަށް ގެނެވުނު ފަހުންކަމުގައި ދޭހަވާ ގޮތަށް އެމްއެެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ދިން ނަމަވެސް އެކަމަކީ ކަނޑައެޅިގެން ދޮގެއްކަން ވަނީ ހާމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް