މުލަކަތޮޅުގެ ހުރިހާރަށެއްގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މ. އަތޮޅުގެ ރަށްރަށުގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްޓެލްކޯ
މުލަކަތޮޅުގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާއި، ސްޓްލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މިއަދު ސްޓެލްކޯއިން ހަވާލުވެފައި ވަނީ، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި އަދި ރަތްމަންދޫގެ އިތުރުން ވޭވަށު ޔުޓިލިޓީ ހިދުމަތްތަކާއެވެ. މީގެ ކުރިން ސްޓެލްކޯއިން ވަނީ މުލަކުގެ ޔުޓިލިޓީ ޚިދުމަތްތަކާއި ހަވާލުވެފައެވެ.
މި ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައިި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިނެވެ. ފެނަކަ ކޯޕަރޭޝަނުން ކުރިން ޔުޓީލިޓީ ހިދުމަތް ދެމުންއައި މިރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމުގައި ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
މިހާރު އަތޮޅު ތެރޭގެ 37 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ. އޭގެ ތެރޭގައި ބ. އަތޮޅާއި، ކ، އަތޮޅާއި، ވ. އަތޮޅާއި މ. އަތޮޅުގެ ހުރިހާ ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެފައި ވާއިރު، އއ އަތޮޅާއި އދ އަތޮޅުގެ ގިނަ ރަށްތަކެއްގެ ޔުޓިލިޓީ ޚިދުމަތާއިވެސް އެކުންފުނިން މިހާރު ވަނީ ހަވާލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް