Post banner
ވިކުރާ

ބީއެމްއެލްއިން ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބީއެމްއެލްއިން ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް އެއްބަސްވުމެއްގައި ސޮއިކޮށްފި

ބޭންކް އޮފް މޯލްޑިވްސް، ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭސިންގ ޕޭ  ނުވަތަ ދުނިޔޭގެ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގައި އެބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިއީ، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަންފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެއްބަސްވުންތަކެއް ކަމަށެވެ. ބީއެމްއެލް، ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމުކުރެވުނު މި ސްޓްރެޓްޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށާއި، ގޮތުން ރާއްޖެ މާކެޓު ކުރުމާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައ ކަމުގައިވެސް ބީއެމްއެލްއިން ވިދާޅުވިއެވެ. އަދި ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމުގައިވެސް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސްފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް ބީއެމްއެލްއާއި ވޭސިންގ ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރަމުންދާނެ ކަމުގައިވެސް ބީއެމްއެލްއިން ހާމަކުރައްވާފައި ވެއެވެ.

މީގެ އިތުރުން ބީއެމްއެލް އާއި  ވޭސިންގ ޕޭ ގުޅިގެން ވަނީ ވޭސިންގ ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައި ކަމަށާއި، މި ސެޝަނުގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން، ވޭސިންގ ޕޭ ބޭނުންކޮށްގެން މުދަލާއި ޚިދުމަތަށް ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ޚިދުމަތްތައް ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އެ ސެޝަނުގެ ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތު ދީ އެކަމާ ގުޅޭ މަޝްވަރާކޮށްފައިވާ ކަމުގައިވެސް ބީއެމްއެލްއިން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް