ރާއްޖެ

ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅޭ ދިރާސާއަކަށް ބަހައްޓާފައި ހުރި އާލާތެއް ގެއްލިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުޅުދުއްފުށީގައި ފެންބޮޑުވުމާއި ގުޅޭ ދިރާސާއަކަށް ބަހައްޓާފައި ހުރި އާލާތެއް ގެއްލިއްޖެ

ހދ. ކުޅުދުއްފުށީ ކުޅުދުއްފުށީ މަގުތަކުގައި ފެންބޮޑުވުމާ ގުޅޭގޮތުން ކުރެވޭ ދިރާސާގެ ބޭނުމަށް، މާފަލު ފެންގަނޑު ތެރޭގައި ހަރުކޮށްފައިވާ ވޯޓާ ލެވެލް ލޮގަރެއް ގެއްލިއްޖެ ކަމުގައި ކުޅުދުއްފުށީ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.

އެކައުންސިލުން ވިދާޅުވީ، ގެއްލިފައިވާ އެ ލޮގަރަކީ، ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ބޭނުކުރާ ވަރަށް މުޙިއްމު މަޢުލޫމާތެއް ކަމަށެވެ. ގެއްލުނު އެ އާލާތަކީ، ދިރާސާއަކީ އޭޝިއަން ޑިވޮލޮޕްމެންޑް ބޭންކްއިން ފަންޑުކޮށްގެން، ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދާ "އެންހާންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފޫޑް ސެކިއުރިޓީ" މަޝްރޫއުގެ ދަށުން ކުރެވޭ ދިރާސާގެ ބޭނުމަށް، މާފަލު ފެންގަނޑު ތެރޭގައި ހަރުކޮށްފައިވާ އާލާތެއް ކަމުގައިވެސް ކުޅުދުއްފުށީ ސިޓީކައުންސިލުން ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީކައުންސިލުން ވަނީ، ލޮގަރ ފެނިއްޖެ ނަމަ، 6527101 އަށް ގުޅުއްވާ، ވީ އެންމެ އަވަހަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް