ރާއްޖެ

ހައިވޭގެ ފެންސްގައި ޖެހި ޖިޕެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހައިވޭގެ ފެންސްގައި ޖެހި ޖިޕެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ

ހައިވޭގެ ޓްރެފިކް ޖަންކްޝަން --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ އާއި ހުޅުލެ އަދި މާލެ ގުޅުވައިދޭ ހައިވޭގައި މިއަދު އެކްސިޑެންޓެއް ހިނގައި ވެހިކަލެއް ފުރޮޅާލުމުގެ ސަބަބުން ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ، ހުޅުމާލެއިން އެއާޕޯޓަށް ދަތުރުކުރި އެ ވެހިކަލް ބުރިޖު ލައިޓްކައިރިން ފެންސުގައި ޖެހި ފުރޮޅާލައިގެން ކަމަށެވެ. އެހާދިސާގައި އޭގައ ތިބި ދެމީހުންނަށް އަނިޔާވި އިރު އެމީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެހާދިސާ މިހާރު ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް