Post banner
ރާއްޖެ

މަރުވިމީހާ ދުއްވި ސައިކަލާއި ލޮރީ ޖެހި އެކްސިޑެންޓެއް ނުވޭ: ފުލުހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަރުވިމީހާ ދުއްވި ސައިކަލާއި ލޮރީ ޖެހި އެކްސިޑެންޓެއް ނުވޭ: ފުލުހުން

ލޮރީއެއް ދަށުވެ މިއަދު މީހަކު ނިޔާވި ހާދިސާގައި، އެމީހާ ދުއްވި ސައިކަލާއި ލޮރީ ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ނުބެލެވޭ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއަދު ހިނގި ހާދިސާގައި ނިޔާވެފައި ވަނީ، ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާޞިޙު (39އ) ކަމަށެވެ. އޭނާ ނިޔާވީ، ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި، އޭނާ ދުއްވި ސައިކަލާއި ލޮރީޖެހި އެކްސިޑެންޓްވި ކަމަށްވެސް ނުބެލެވޭ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެހާދިސާ ހިނގަން މެދުވެރިވި ގޮތް ބަލައި ތަޙްޤީޤު ކުރަމުން އަންނަ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މިހާތަނަށް ބެލެވިފައިވާ ގޮތުގައި، ނާސިޙް، ލޮރީ ދަށުވީ، ސައިކަލުގައި އޭނާ ދަނިކޮށް މަގުމައްޗަށް ވެއްޓުނު ވަގުތު، ފަހަތުން އައި އެ ލޮރީގެ ދަށުވެގެންނެވެ. އޭނާ މަގުމައްޗަށް ވެއްޓެން ދިމާވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް