Post banner
ރާއްޖެ

ގާނާގައި ހުރެފައި މިއައީ ވެރިކަން ބަދަލުކުރަން: ރައީސް ނަޝީދު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގާނާގައި ހުރެފައި މިއައީ ވެރިކަން ބަދަލުކުރަން: ރައީސް ނަޝީދު

ރައީސް ނަޝީދު އައްޑޫގައި --- ފޮޓޯ: ލޫކަސް

އެފްރިކާގެ ޤައުމެއް ކަމުގައި ހުންނަވާފައި ރާއްޖެ ވަޑައިގަތީ، ވެރިކަން ބަދަލުކުރަން ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީއަށް ތާއީދުކުރާ ބައެއް އާއްމުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއީ އެމަނިކުފާނުގެ ދަރިންގެވެސް ރަށް ކަމަށާއި އެންމެންގެވެސް ޤައުމުކަމަށެވެ. އަދި މިރާއްޖެ ގޯސްކޮށް ދާން ދޫކޮށްލެވެން ނެތްކަމަށާއި، ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން އެންމެ ރަނގަޅު ބަޔަކީ އެމްޑީޕީކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވެރިކަން ބަދަލުކުރުމަށް އަޅުގަނޑު އައީ. ވެރިކަން ބަދަލުވަންދެން ގައިމުވެސް އަޅުގަނޑު ހުންނާނަން. ވެރިކަން ބަދަލުކޮށްފައި އަޅުގަނޑު އެހެން ކަމަކާއި ވިސްނާނީވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމަށް ވަޑައިގެންނެވުމަށްޓަކައި، އެމްޑީޕީގެ އާއްމު ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

2023 ވަނަ އަހަރު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތުމާއި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް އެމްޑީޕީ ތެރެއިން އެއްބާރުލުން ލިބިވަޑައިނުގެންނެވުމުން، ރައީސް ނަޝީދު ވަނީ އެމްޑީޕީގައި ވަކި ފެކްޝަނެއް ހައްދަވައިގެން އުޅުއްވުމަށްފަހުގައި، އެމަނިކުފާނުގެ އަރިސް ބޭފުޅުންކޮޅެއް އުފެއްދެވި ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ. އަދި އެޕާޓީގެ ޕޯޑިއަމްގައި އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ އާއްމު މެމްބަރުންނަށް ގޮންޖެއްސެވިއެވެ. އޭގެފަހުން އެޕާޓީއަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، އެމްޑީޕީގެ ޗެއާޕަރސަން ކޮންޓްރޯލް ހޯއްދެވުމަށް ރައީސް ނަޝީދު މިހާރު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް